ގައުމީ އެއާލައިން މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް ހދ. ހަނިމާދޫ އާއި ބ. ދަރަވަންދޫއަށް ކުރަން ހަމަޖެހިއްޖެ އެވެ.
މޯލްޑިވިއަންއިން ބުނީ މި ދަތުރުތަކަކީ ކުރިޔަށް އޮތް އަލްހާ އީދާ ދިމާކޮށް ބާއްވާ ދަތުރުތަކެއް ކަމަށެވެ. މި ދަތުރުތަކުގެ ދެކޮޅު ދަތުރުތައް ރާވާފައިވަނީ އީދު ފެށުމާއި ނިންމުމާއި ދިމާކޮށް ކުރާ ގޮތަށެވެ.
އެގޮތުން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15، 16 އަދި 17 ވަނަ ދުވަހު އެވެ. އެ ދުވަސްތަކުގައި ދަތުރު އޮންނާނީ މާލެއިން ދަރަވަންދޫ އަދި ދަރަވަންދޫއިން ހަނިމާދޫ އަށެވެ.
އީދު ނިންމުމަށް ފަހު ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ،30 އަދި 31 ވަނަ ދުވަހު އެވެ. އެ ދުވަސްތަކުގައި ދަތުރުތައް އޮންނާނީ ހަނިމާދޫއިން ދަރަވަންދޫއަށް އަދި ދަރަވަންދޫއިން މާލެ އަށެވެ.
މި ދެ ރަށަކީ މޯލްޑިވިއަންއިން ކުރާ އެތެރޭގެ އުދުހުންތަކުގެ ތެރެއިން އެންމެ ޑިމާންޑު ބޮޑު މަންޒިލްތަކެވެ. މީގެ އިތުރުން ރ. އިފުރު އެއާޕޯޓަކީވެސް ވަރަށް ޑިމާންޑު ބޮޑު އެއާޕޯޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް