ކާނަލް ނާޒިމްވެސް ޖޭޕީން ވަކިވެއްޖެ

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ އާ...

12 Jul 2021 | 09:02

ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްވެސް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމަށް ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ގައުމަށް ޚިދުމަތް ކުރައްވަން ބޭނުންވާތީވެ އެ ޕާޓީން މިއަދުން ފެށިގެން ވަކިވާން ނިންމާފައިވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގައި ނާޒިމް ހުންނެވި ދުވަސްވަރުގައި، އެ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމްގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެ ސިޓީގައިވެއެވެ.

ނާޒިމްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ އިއްޔެ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.

https://twitter.com/nazim7878/status/1414485257798049803

ނާޒިމް އިސްވެ ހުރެ އުފައްދަވާ ޕާޓީއަށް މިހާރު ވަނީ3،000 މެމްބަރުންގެ ސޮއި ހަމަ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް