މިމަހުގެ 20 ވަނަ ދުވަހު ފެށޭ އަލްހާ އީދުގެ ކުރިން ތުރުކީގައި ވެކްސިން ޖަހާ އާބާދީގެ 70 ޕަސެންޓަށް ކޯވިޑް-19 ވެކްސިން ދީ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފި އެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އީދަކީ ގިނަ ބަޔަކު އުފާ ފާޅުކޮށް އެއްވުންތަކާއި ހަރަކާތްތައް ބާއްވާނެ ދުވަސްތަކެއް ކަމަށެވެ. އަދި އީދުގެ ހަރަކާތްތައް ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އީދު އައުމުގެ ކުރިން ވެކްސިން ދީ ނިންމޭތޯ ބަލަނީ ތުރުކީން ޑެލްޓާ އަދި ޑެންޓާ ޕްލަސް ވޭރިއަންޓު ފެނިފައިވާތީ އީދުގައި ބަލި ފެތުރުގެ ފުރުސަތު ބޮޑުވާނެތީ އެވެ. އެ ދެ ވޭރިއަންޓު ފެނުމާއި އެކު ވެކްސިން ޕްރޮގްރާމް ހަލުވިކޮށް، ވީހާވެސް އަވަހަކަށް އަމާޒަށް ވާސިލް ވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.
ތުރުކީގައި މިހާތަނަށް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހީ 57.6 މިލިއަން މީހުންނެވެ. އަދި ދެ ވަނަ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 57.6 މިލިއަން މީހުންނެވެ. އެއީ ވެކްސިން ޖަހާ އާބާދީގެ 20 ޕަސެންޓެވެ.
އެހެން ކަމުން އީދު ކުރިޔަށް70 ޕަސެންޓަށް ވެކްސިން ދީ ނިންމޭނީ ޕްރޮގްރާމް މެކުހަށް ޖަހައިގެން ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް