ޗައިނާގެ ކޮންމެ ދެ ކުންފުޏްޏެއްގެ ތެރެއިން އެއް ކުންފުންނިން ވައި ތަޣައްޔަރު ކުރުމުގެ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ވެފައިވާ ކަމަށް ޗައިނާގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.
މިކަމުގެ ޒިންމާ މި ކުންފުނިތަކުން އުފުލަން ޖެހޭކަމަށް އެ ވުޒާރާއިން ބުނެއެވެ.ޗައިނާގެ މީޑިއާއެއް ކަމަށްވާ ކެއިކްސިން ގްލޯބަލްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި މައްސަތައް ފާހަގަ ވެފައިވަނީ ރެގިއުލޭޓު ކުރާ ފަރާތްތަކުން ހިންގި އިންސްޕެކްޝަންތަކަކާއި އެކުގައެވެ.އެގޮތުން ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގިނަ މައްސަލަތަކެއް ފާހަގަ ވެފައިވާ ކުންފުނިތަކުގެ ތެރޭގައި އިމާރާތް ބިނާ ކުރުމުގެ ސާމާނު އުފައްދާ ކުންފުނިތަކާއި ކެމިކަލް ކާރުޚާނާތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ.ޗައިނާގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ބަލާ ފާސްކޮށްފައިވާ 1582 ކުންފުނީގެ ތެރެއިން 882 ކުންޏަކުން ޖުމުލަ 1940 މައްސަލައެއް ފާހަގަ ވެފައި ވެއެވެ.އަދި ވައި ތަޣައްޔަރުވެ ނުސާފުވުމުގެ ސަބަބުން ގިނަ ބަޔަކަށް ނުރައްކާތެރި ބަލިތަކާއި ކުރިމަތި ލާން ޖެހިދާނެ ކަމަށްވެސް އެ ވުޒާރާއިންވަނީ އިންޒާރު ދީފައެވެ.ހާވާރޑު ޔުނިވަރސިޓީއާއި ބޮސްޓޮން ޔުނިވަރސިޓީއިން މީގެ ކުރިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ވައި ތަޣައްޔަރު ވުމުގެ މިފަދަ މައްސަލަތަކުގެ ސަބަބުން ފުއްޕާމޭގެ ކެންސަރާއި، ނޭވާ ހިއްލުމުގެ އިތުރުން ހިތުގެ ބަލިތައް ޖެހުމަށް މަގުފަހި ވެގެން ދެއެވެ.
ޗައިނާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ އަދަދަކަށް ކާބަން އުފައްދާ ޤައުމެވެ. ދިރާސާއަކުން ހާމަވާ ގޮތުގައި، ދުނިޔޭގައި ކޯލުން އުފައްދާ ކަރަންޓުގެ 53 އިންސައްތަ ހިއްސާދާރަކީވެސް ޗައިނާއެވެ.މިއާއިއެކު، ޗައިނާގެ އޮފިޝަލުން ތިމާވެއްޓާއި ގުޅުން ހުރި މައްސަލަތައް ރިޕޯޓު ކުރުމުގައި މައުލޫމާތު އޮޅުވާލާ މައްސަލަވެސް ވަނީ ދިމާވެފައެވެ.އެގޮތުން،ޗައިނާގެ 7 ސިޓީއެއްގައި މިފަދަ ދޮގު ރިޕޯޓުތައް ތައްޔާރު ކޮށްފައި ވާކަން ހާމަވެފައިވާ ކަމަށް އެ ޤައުމުގެ ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވަނީ 2018 ވަނަ އަހަރު ބުނެފައެެވެ.
ފަހުގެ ތާރީޚުގައި ޗައިނާއިން ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރަމުން އަންނަ އިރު، އެ ޤައުމުގެ އަމަލުތައް އެއާއި އެއްގޮތަށް ނުބަހައްޓާ ކަމަށް ބުނެ ގިނަ ބަޔަކު މިހާރު އަންނަނީ ޗައިނާއަށް ފާޑު ކިޔަމުންނެވެ.ޗައިނާގެ ސަރުކާރުން މިހާރުވެސް އަންނަނީ ކޯލު ރައްކާކުރާނެ ގުދަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް