އޮމްބަޑްސްޕާސަންގެ އޮފީހަަށް ހުށަހެޅި މައްސަލަތުގެ ތެރެއިން ބެލޭނެ މައްސަލަތައް އަންގަން ފަށައިފި

އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ބަލައި ކުރިއަށް ގެންދެވޭނެ މައްސަލަތައް ކަނޑައަޅައި އެކަން އަންގަން ފަށައިފިއެވެ. އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން ...

12 Jul 2021 | 08:27

އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން، ބަލައި ކުރިއަށް ގެންދެވޭނެ މައްސަލަތައް ކަނޑައަޅައި އެކަން އަންގަން ފަށައިފިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަކީ ޖެނުއަރީ 1953 އިން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދުގައި ދައުލަތުންނާއި ދައުލަތުގެ މުއައްސަސާތަކުންނާއި އިދާރާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި، ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައި ދިނުމަށް އުފައްދާފައިވާ އޮފީހެކެވެ.

އިންސާފުގެ އޮފީހަށް މިހާތަނަށް ހުށަހެޅުނު މައްސަލަތަކާއި ބަަލަން ނިންމި މައްސަލަތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ،

ނަމަވެސް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި، މައްސަލަތަކާބެހޭ މައުލޫމާތު ހާމަކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް