ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އަށް ފުރަން ގޮސް ހުރި ޓޫރިސްޓެއްގެ އަތުން ވަޒަން ތަކެއް ފެނުނު މައްސަލައިގަ އެމީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ނަމީބިއާ ފިރިހެނެއްގެ އަތުންނެވެ. ހާދިސާ ހިނގާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގަ އިއްޔެ އެމީހާގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތިން ދުވަސް ބަންދަން ޖަހާފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރި ހިސާބުން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ އެއާޕޯޓުގައި ހުއްޓަ ގެނެސްފައިވާ ކަމަށެވެ.
ވަޒަންތައް ފެނިފައިވަނީ އެމީހާ ގެންގުޅުނު ދަބަހުގެ ތެރެއިންނެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް