އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން (އޯއައިސީ)ގެ މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަންގެ 8 ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލުވުމަކީ ކޯވިޑް-19ގެ ހާލަތުގައި އިސްލާމީ ޤައުމުތަކުން އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަދައްކަވަމުން، މިނިސްޓަރ އައިޝާ ވަނީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، އޯއައިސީގެ މެންބަރު ޤައުމުތަށް ހިމެނޭގޮތަށް، އެ ޖަމްޢިއްޔާއިން އަލަށް ޤާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއުޑީއޯ)ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންގައި ވެސް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް