ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނު ގޮއްވާލާނެ ކަމަށް ސޯޝަލް މީޑިއާގައި ބުނި މީހަގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ މުހައްމަދު އިނާދު ކިޔާ މީހެކެވެ.
ފުލުހުން ބުނީ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރު ކުރުން އިތުރު ތިން ދުވަސް ބަންދަށް ޖަހައިދީފައިވާ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ ޖެހީ ހަތް ދުވަހެވެ.
މި މައްސަލައިގަ އިނާދު ހައްޔަރު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
"ރޮޔަލް ހުސެން ތަކުރު" ނަމުގައި ހަދާފައިވާ ޓްވިޓާ އެކައުންޓަކުން ކުރިން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އާރްޑީއެކްސް ބޭނުންވާ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް