ރައީސް ޔާމީން މިއަދުވެސް ފުލުހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެ އެވެ. އެދުވަހު ވަނީ ބަޔާނެއް ނަ...

12 Jul 2021 | 06:43

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެ އެވެ. އެދުވަހު ވަނީ ބަޔާނެއް ނަގައި އެ ބަޔާނުގައި ސޮއި ކުރުވާފަ އެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު މެންދުރު 2:00 އަށް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދުވެސް ހާޒިރު ކުރަނީ ކުރީ ދުވަހު ބަޔާން ނަގައި ސޮއި ކޮށްފައި އޮތް މައްސަލަ އާއި ގުޅިގެން ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވީ ފުލުހުންގެ އަމަލުތަކުން ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވާ ކަމަށެވެ. މިގޮތަށް އަމަލު ކުރުމުން ތަހުގީގުގެ އިންސާފުވެރިކަމަށްވެސް ހުރަސް އެޅޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

https://twitter.com/MJameelAhmed/status/1414456395412369409

ހޮނިހިރު ދުވަހު ރައީސް ޔާމީން ހާޒިރު ކުރީ، ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް