ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ ޕްރޮޖެކްޓަށް ކުވައިތު ފަންޑުން އިތުރު 15 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އަމީރެވެ. އަދި ކުވައިތު ފަންޑުގެ ފަރާތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ފޯ ފައިނޭންސް އެންޑް އެޑްމިން ނިދަރަލް އަލް އޮލަޔާނެއެވެ.
https://twitter.com/MoFmv/status/1414453457864445954
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް މިސަރުކާރުން ގެންގުޅޭ މިސްރާބު ވަރަށް ސާފުކަމަށާއި މި ސަރުކާރުން މި ޕްރޮޖެކްޓް އަވަސް މުސްތަޤުބަލެއްގައި ނިންމާނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ކުވައިތު ފަންޑުން ބުނެއެވެ. ކުވައިތު ފަންޑަކީ، ވެލަނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ކޯ ފައިނޭންސަރެކެވެ،
މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ތެރެއިން މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކުވައިތު ފަންޑުގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް މެނޭޖަރ ޔޫސުފް އަލްބަދުރު މީގެ ކުރިން ވަނީ ރާއްޖެއަކީ ކުވައިތު ފަންޑުން ޚާއްސަ ސަމާލުކަމެއް ދޭ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީއަށް އެހީވުމުގައި ކުވައިތު ފަންޑު އަބަދުވެސް ދެމި އޮންނާނެކަން ޔޫސުފް އަލްބަދުރު ވިދާޅުވިއެވެ.
ކުވައިތު ފަންޑުގެ ރީޖަނަލް މެނޭޖަރ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތަރައްޤީގައި ގެންގުޅޭ މިސްރާބު ވަރަށް ސާފުކަމަށް ވިދާޅުވެފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢު ކުވައިތު ފަންޑުން ކޯ-ފައިނޭންސްކުރާއިއިރު، މިފަންޑުންދަނީ ފުވައްމުލައް ސިޓީގެ ބޭރުތޮށި ލުމުގެ ޕްރޮޖެކްޓްވެސް ކޯ-ފައިނޭންސްކުރަމުންނެވެ.
ކުރިމަގުގައި ކުވައިތުން ރާއްޖޭއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަފުޅުދައްކަދައްކަވަމުން، އެފަންޑްގެ ރީޖަނަލް މެނޭޖަރު ވިދާޅުވީ ކުރިއަށްއޮތްތަނުގައި ކުވައިތު ފަންޑުން އެހީވުމުގައި ގެންގުޅޭނީ ވަށައިޖެހޭ ތަރައްޤީއަށް އެހީތެރިވުމުގެ އުސޫލެއްކަމަށެވެ. ވަކިވަކި ޕްރޮޖެކްޓްތަކަކަށް އެހީވުމުގެ ބަދަލުގައި ގިނަ ދާއިރާތަކަކަށް ފައިދާވާފަދަ ޕްރޮޖެކްޓްތަށް ހިންގުމަށް ކުވައިތު ފަންޑުން އެހީވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ޕްރޮޖެކްޓްތަކަށް ކުރާ ހޭދަ ކުޑާވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް