ފޮޓޯ ލަނީ ދައްކާކަށް ނޫން، ހަދަވެރިނުވެ، ވިސްނުން ބަދަލު ކުރަންޖެހޭ: ލަމް

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި ދެކޮޅަށް ވާހަކަ ދެއްކި ބަޔަކަށް ވަރަށް ރީތިކޮށް ރައްދު ދީފި އެވެ. ލަމް އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ވަރަށް އެކްޓިވް މީހެކެވެ. އޭނާގެ ދިރިއ...

12 Jul 2021 | 05:55

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފާއި ދެކޮޅަށް ވާހަކަ ދެއްކި ބަޔަކަށް ވަރަށް ރީތިކޮށް ރައްދު ދީފި އެވެ.

ލަމް އަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ވަރަށް އެކްޓިވް މީހެކެވެ. އޭނާގެ ދިރިއުޅުމުގައި ވާ ހުރިހާ ކަމެއްހެން އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނާއި ހިއްސާ ކުރެ އެވެ.

އޭގެ ތެރޭގައި އޭނާ ކުރާ ދަތުތަކާއި އާއިލީ ހަފްލާތަކާއި ބައެއް ވިޔަފާރި ތަކުގެ ޕްރޮމޯޝަން އާއި ހިތަށް އަރާ އެއްޗެހިވެސް ވަރަށް ތާޒާކަމާއި އެކު ހިއްސާ ކުރެވެ. މިފަހުން އޭނާގެ އިންސްޓަގްރާމްގައި ގިނައިން ހުންނަނީ އަލަތު ދަރިފުޅު ލިބެން އުޅޭތީ އެކަމާއި ގުޅޭ ޕޯސްޓުތަކެވެ.

ލަމްގެ ސްޓޯރީގަ ބުނެފައިވަނީ ޕޯސްޓުތައް ކުރަނީ މީހުންނަށް ދައްކަން ނޫން ކަމަށެވެ. އަދި ޕޯސްޓުތައް ބަލާ މީހާ ހަސަދަވެރިކަން ހިތުގައި ބާއްވައިގެން ޕޯސްޓުތައް ބަލަނީ ކަމަށް ބުނެފައިވެ އެވެ.

ލަމް ބުނެފައިވަނީ އެފަދަ މީހުންގެ ވިސްނުން ބަދަލު ކުރަންޖެހޭ ކަމަށެވެ. އަދި އެހެން މީހުންނަށް ލިބޭ ކުރިއެރުން ފާހަގަ ކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އިންސްޓްގަރާމްގައި 63 ހާހަށްވުރެ ގިނަ މީހުން ލަމް ފޮލޯ ކުރެ އެވެ. އަދި އެތައް ހާސް ބަޔަކު އޭނާ އިންސްޓަގްރާމަށްލާ ސްޓޯރީތަކާއި ޕޯސްޓުތަކަށް މީހުން ލައިކް ދީ ކޮމެންޓުކޮށް ހަދަ އެވެ.

މީހުންގެ ސަމާލުކަން އެންމެ ހުއްޓެނީ ލަމްއާ އޭނާގެ ފިރިމީހާ އަހްމަދު މުއާޒް (ކުޑަ މުއާ) ރާއްޖެއިން ބޭރަށް ކުރާ ޗުއްޓީ ދަތުރުތަކުގެ ފޮޓޯތަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް