ކޯވިޑް-19: ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ 18 މީހަކަށް

ކޯވިޑް-19 ޖެހި، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ 18 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަ...

12 Jul 2021 | 05:51

ކޯވިޑް-19 ޖެހި، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން މިހާރު ފަރުވާ ދެމުން އަންނަނީ 18 މީހުންނަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ހޮނިހިރު ދުވަހުގެ ހަވީރު 6:00ން އާދީއްތަ ދުވަހުގެ 6:00ށް ހަސްފަތާލުގައި ފަރުވާ ދެމުން ދަނީ 18 މީހުންނަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6320 ސުންކެއް ނަގައި ޓެސްޓް ކޮށްފައިވާ އިރު، ފައްސިވެފައި ވަނީ 78 މީހުންނެވެ.

ފައްސިވި 78 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ފައްސިވި 28 މީހުންނާއި، އެހެން ރަށްރަށުން ފައްސިވި 34 މީހުންނާއި، އަދި ރިސޯޓްތަކުން ފައްސިވި 16 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 75،071ށް އަރާފައެވެ. މީގެ ތެރެއިން 72،349 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް