ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭތީ ގާސިމް ގާތަަށް އައީ ހިނި!

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖާ ކަމަކަށް ވެއްޖެއެވެ. ނާޒިމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ ދަނގެތީ ދ...

12 Jul 2021 | 05:32

ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މަޖާ ކަމަކަށް ވެއްޖެއެވެ.

ނާޒިމް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ ދަނގެތީ ދާއިރާއަށް ވާދަ ކުރައްވަން ވެގެންނެވެ.

ޖުމްހޫރީ ޕާޓީގެ ޓެލެގްރާމް ގްރޫޕަށް އަބްދުﷲ ރިޔާޒާއި މެންބަރު މުހައްމަދު ނާޒިމް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ޖުމްހޫރީ ޕާޓީން ވަކިވި ޚަބަރާއި ގުޅިގެން މޫސާ އަންވަރު ފޮނުވާފައިވާ މެސެޖެއްގައި ގާސިމް ވަނީ "ނާޒިމް އަކީ ވެސް ވަކިކާކުތޯ؟" ސުވާލުކޮށް ރައްދުދެއްވާފައެވެ. އެއާއެކު ގާސިމް ވަނީ ހިނިގަނޑެއް ޖަހާލާފައެވެ.

ރިޔާޒް ޖޭޕީ އިން ވަކިވެފައި ވާއިރު އޭނާ އަކީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަވާ ޕާޓީ އަށް ސޮއިކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ. މީގެ ކުރިން ނާޒިމް ވަނީ އޭނާ ޕާޓީ އެއް އުފައްދަވަނީ އެކުވެރި ބައެއް މަޖިލީހުގެ ބައެއް މެމްބަރުންނާއި އެކު ކަމަށް ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވީ ދާދި އަވަހަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޕާޓީ އުފެއްދުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެ ޕާޓީއަށް ކިޔާނެ ނަމެއް އަދި ފާސް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް