ވަމިކާއަށް ހަ މަސް ފުރުމުން ވިރާޓާއި އަނުޝްކާ ކޭކު ފަޅައި ޕިކްނިކް ގޮސްފި

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީއަށް ހަ މަސް ފުރުން ފާހަގަ ކޮށްފި އެވެ. އަނުޝްކާ އާއި ވިރާޓަށް ވަމިކާ ލިބު...

12 Jul 2021 | 04:43

އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީއަށް ހަ މަސް ފުރުން ފާހަގަ ކޮށްފި އެވެ.

އަނުޝްކާ އާއި ވިރާޓަށް ވަމިކާ ލިބުނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ.

އަނުޝްކާ އިއްޔެ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ފެންނަނީ ރީތި މާޖެހި ކޭކެއްގެ އެއް ބައެވެ. ދެން ހުރި ފޮޓޯތަކު ހުރީ ފެހިކަން ގަދަ ވިނަގަނޑެއްގެ މަތީގައި ދަރިފުޅު ގޮވައިގެން ދެމަފިރިން ވަގުތު ހޭދަ ކުަރަމުންދާ މަންޒަރުތަކެވެ.

ފޮޓޯޓައް އާންމުކޮށް އަނުޝްކާ ބުނެފައިވަނީ ވަމިކާގެ އެންމެ ހިނިތުންވުމަކުން އެދެމަފިރިންގެ ވަށައިގެންވާ މުޅި ދުނިޔެ ބަދަލު ކޮށްލާ ކަމަށެވެ. އަދި ހަ މަސް ފުރުމުން މަރުހަބާ ކިޔާފައިވެ އެވެ.

މީގެ ކުރިން އާންމު ކުރި ވަމިކާގެ ފޮޓޯތަކެތޭ އެއްގޮތަށް އެ ފޮޓޯތަކުގައިވެސް ފެންނަނީ ވަމިކާގެ ގައިމަތީގައި އަޅާފައި އޮންނަ ރަޖާގަނޑު ނުވަތަ ފުރަގަހެވެ. މޫނު އެއްވެސް ވަރަކަށް ދައްކާލާފައެއް ނުވެ އެވެ.

https://www.instagram.com/p/CRMebJkJptY/

ވިހޭންސުރެ ދެމަފިރިން ވަމިކާ ގެންގުޅެމުން ދަނީ ވަރަށް ފޮރުވައިގެންނެވެ. ދާދި ފަހުން ވިރާޓް ވަނީ އެމީހުން ވަމިކާގެ ފޮޓޯ އާންމު ކުރާނެ ދުވަހާއި ގުޅޭގޮތުން ވާހަކަ ދައްކާފައި އެވެ.

އޭނާ ބުނީ ސޯޝަލް މީޑިއާ ނުވަތަ މީޑިއާގައި އަމިއްލަ ފޮޓޯ ޖެހުމާއި މެދު ގޮތެއް ނިންމާނީ ވަމިކާ އަމިއްލައަށް ކަމަށެވެ. އޭނާއަށް މީޑިއާ އާއި ސޯޝަލް މީޑިއާ އެއީ ކޯޗެއްކަން އެނގިގެން އެކަމަށް އިއުތިރާޒު ނުކުރަންދެން ވިރާޓް އާއި އަނުޝްކާ އަދި އާއިލާ މީހަކުވެސް ވަމިކާގެ ފޮޓޯ އާންމު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް