ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް އަނިޔާވެއްޖެ

ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ޒަހަމް ވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:50 ހާއިރު ދޫޑިގަން އަވަށުގައި ތިން ސައިކަލެއް...

12 Jul 2015 | 18:59

ފުވައްމުލަކުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކު ޒަހަމް ވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 22:50 ހާއިރު ދޫޑިގަން އަވަށުގައި ތިން ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގަ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. އެހެން ނަމަވެސް ޒަހަމްވި ކުޑަކުއްޖާގެ ހަށިގަނޑު ބައެއް ތަންތަނުން ހަން މަށައިގެން ދިއުމުން ހޮސްޕިޓަލުން ފަރުވާ ހޯދިކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް