އަލްހާން ފަހުމީއަށް އިންޒާރެއް ދޭފަދަ އުސޫލަކުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ޓްވީޓެއް ކުރައްވައިފި އެވެ.
އަލީ ވަހީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ "އުއްޗު ކައިރިން، ބްރޯ ކައިރިން، ސަންގު ޓީވީއިން ދުވާ މީހަކަށް އެމްޑިޕީ ފަނިކޮށްލުމުގެ ޖާގައެއް ނުދެވޭނެ ކަމަށެވެ. މީ ނިއު އެމްޑީޕީއެއް ނޫން ކަމަށާއި މީ އެމްޑީޕީ ކަމަށެވެ. އަދި އެމްޑީޕީ ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
https://twitter.com/ali20waheed/status/620300776892727297
އަލީ ވަހީދު މި ޓްވީޓް ކުރައްވާފައިވާއިރު އަލްހާން ފަހުމީ އިންނެވީ ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އަލްހާން ވިދާޅުވީ ބާގީން ގާޒީންނަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ގާސިމް ރާއްޖެ ވަޑައިގެންފައިވާއިރު އަލީ ވަހީދުވެސް މާލެ ވަޑައިގަންނަން ވީ ކަމަށެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް ބާރަށް ކުރިއަށް ގެންދަންވީ ކަމަށެވެ.
އަދި މިހާރު އެމްޑީޕީގެ "ހަރުގެ ތެރޭ" ހަރަކާތްތަކާ ދުރުގައި ހުންނަނީ މައްސުނި ކަންތައްތަކެއްގެ ތެރޭގައި އެމްޑީޕީ އުޅޭތީ ކަމަށާއި އެމްޑީޕީއަކީ ކުޑަކަކޫ ޖަހައިގެން މޭޒުދަށުން ދާންވި ޕާޓީއެއް ނޫން ކަމަށްވެސް އަލްހާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް