އެފްރިކާގެ ގައުމެއްކަމުގައިވާ ޗޭޑްގައި މޫނުބުރުގާ އަޅައިގެން އުޅޭ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު އެގައުމުގެ ފުލުހުންދީފިއެވެ.
ފުލުހުން މިހެން އިންޒާރުދީފައިވަނީ މިހާރު އައިއެސް އާ އެއްބައިވެފައިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ބޯކޯހަރާމްގެ ހަނގުރާމަވެރިއަކު މޫނުބުރުގާއަޅައި އަންހެނަކަށްވެގެން ގޮސް އެގައުމުގެ ވެރިރަށުގެ މާރުކޭޓެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 15 މީހުން މަރުވެ 80 މީހުން ޒަހަމްވުމާއި ގުޅިގެންއެވެ.
މުސްލިމް މެޖޯރިޓީއެއް އޮންނަ ޗޭޑްގައި މޫނު ބުރުގާ އެޅުން މަނާކޮށްފައިވަނީ މިދިޔަ މަހުގައެވެ. އެގައުމުގެ ފުލުހުންގެ ސްޕޯކްސް ޕާރސަން ބުނެފައިވަނީ މި ހަމަލާއަކީ މޫނުބުރުގާ އެޅުން މަނާކުރަންޖެހޭ ކަމުގެ ހެއްކެއް ކަމުގަޔާއި މޫނުބުރުގާ އަޅައިގެން އުޅޭ މީހުން ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗައް ގެންނާނެކަމަށެވެ.
ޗޭޑްގެ ވެރިކަން ކުރާއަވަށުގައި ދިން މިހަލާއާއި ގުޅިގެން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައެވެ. މިގޮތުން މިސްކިތްތައް ހިމެނޭގޮތައް ވެރިކަން ކުރާރަށުގެ ހުރިހާ ހިސާބެއްގައި ވަނީ ފުލުހުންގެ އަދި އަސްކަރިއްޔާގެ ސަފުތައް ރުކުރުވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް