މިނިވަން 50 ރަސްމީ ހަފްލާގައި ބައެއް ގައުމުތަކުގެ އިސް ވެރިންވެސް ބައިވެރިވެވަޑައިގަންނަވާނެ: ރައީސް އޮފީސް

މިނިވަން 50 ރަސްމީ ހަފްލާގައި ބައިވެރިވުމަށް ބައެއް ގައުމުތަކުގެ ހެޑް އޮފް ސްޓޭޓް ފެންވަރުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން މިހެން ވިދާޅު...

12 Jul 2015 | 18:25

މިނިވަން 50 ރަސްމީ ހަފްލާގައި ބައިވެރިވުމަށް ބައެއް ގައުމުތަކުގެ ހެޑް އޮފް ސްޓޭޓް ފެންވަރުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން މިހެން ވިދާޅުވީ މިނިވަން 50 އާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ މިނިވަން 50 ގެ ރަސްމީ ހަފްލާއާއި ޖާފަތުގައި ބައިވެރިވުމަށް ބޭރުގެ 150 އާ 200 ދެމެދުގެ އަދަދަކަށް އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ބައެއް ގައުމުތަކުގެ ހެޑް އޮފް ސްޓޭޓް ފެންވަރުގެ ބޭފުޅުންވެސް ހިމެނޭނެ ކަމަށެވެ.

"ގާތް ގުޅުމެއް އޮންނަ ގައުމުތަކުން މާ މަތީ ބޭފުޅުން ބައިވެރިވާނެ، ސަލާމަތީ ސަބަބުތަކަށްޓަކައި އެއީ ކޮންކޮން ބޭފުޅުންނެއްކަން ދެންނެވޭކަށް ނެތް، ނެތް ހެޑް އޮފް ސްޓޭޓުންވެސް، ވިޔަފާރި ދާއިރާ ކުންފުނި ރިސޯޓް ވެރިން ދައުވަތު އަރުވަމުންމިދަނީ" މުންދު ވިދާޅުވި އެވެ.

މުންދު އިތުރަށް މިނިވަންދުވަހުގެ އެންމެ ބޮޑު ރަސްމިއްޔާތަކަށް ވެގެންދާނީ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާއާއި ރަސްމީ ޖާފަތް ކަމަށެވެ. އަދި މި ހަރަކާތަކީ ސީދާ ރައީސް އޮފީހުން ވިލަރެސްކޮށްގެން ރައީސް އޮފީހުގެ ބެލުމުގެދަށުން ކުރިއަށްގެންދާ ހަރާތެއް ކަމަށެވެ.

އަދި ރަސްމީ ޖަލްސާ އުސްފަސްގަނޑު ސަރަހައްދުގައި އޮންނައިރު ރަސްމީ ޖާފަތް އޮންނާނީ ދަރުބާރުގޭ ކަމަށާއި މިހާރު އުސްފަސްގަނޑުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެމްއާރުޕީސީން ކަމަށްވެސް މިނިސްޓަރު މުންދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް