ދިޔަ މަހު ޓީސީ ސްޕޯޓްސް ކްލަބަށް ގެނައި ބްރެޒިލް ފޯވަޑް އެވަޓަން ސޫޒާ ސަންތޯސް އެކްލަބުން ދޫކޮށްލައިފިއެވެ.
މިދިޔަ މަހު ޓީސީއާ ގުޅުނު ސަންތޯސް އެކްލަބުން ދޫކޮށްލާފައިވަނީ ޑިސިޕްލިން މައްސަލަތަކާ ގުޅިގެންނެވެ. އަދި ސަންތޯސްއާއެކު ޓީސީން ހަދާފައިވާ އެއްބަސްވުން އުވާލީ އޭނާއާ މަޝްވަރާކުރުމަށް ފަހުއެވެ.
މިއަހަރު ކުރީކޮޅު ސަންތޯސް ފެނިގެންދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނަމަވެސް ޕީޕަލްސް ކަޕަށްފަހު ނިއުއިން ވަނީ އޭނާ ދޫކޮށްލައިފައެވެ. ރާއްޖޭގައި ސަންތޯސް ވިދާލާފައިވަނީ 2012 ވަނަ އަހަރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިންނެވެ.
މިސީޒަނުގައި ޓީސީއާއެކު ސަންތޯސް ކުޅެފައިވަނީ ތިން މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް