ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން އެމެރިކާގައި މީހަކު މަރުވެއްޖެ

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން އެމެރިކާގެ އަލަބާމާ އަވަށުގައި މީހަކު މަރުވެއްޖެއެވެ. ފުލުހުންއަށް ފިލުމުން ހޯދަމުންގެންދިޔަ އުމުރުން 35 އަހަރުގެ އެންތޮނީ ޑިވޭން ވޭރ ހުރި...

12 Jul 2015 | 17:07

ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ޕެޕާސްޕްރޭ ޖެހުމުގެ ސަބަބުން އެމެރިކާގެ އަލަބާމާ އަވަށުގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުންއަށް ފިލުމުން ހޯދަމުންގެންދިޔަ އުމުރުން 35 އަހަރުގެ އެންތޮނީ ޑިވޭން ވޭރ ހުރިތަނުގެ މައުލޫމާތު ފުލުހުންއަށް ލިބުމާއި ގުޅިގެން އޭނަ ހުރިތަނަށް ގޮސް އޭނަ ހައްޔަރު ކުރަން އުޅެން ފެށުމުން ވޭރ ވަނީ ފުލުހުން އަށް ފިލަން މަސައްކަތްކޮށްފައެވެ. އަދި ކައިރި ޖަންގައްޔެއްގެ ތެރެއިން ވޭރ އަތުލައި ހައްޔަރުކުރަން އޭނާގެ މޫނަށް ޕެޕާސްޕްރޭ ޖެހިކަމަށް ޓަސްކަލޫސާ އަވަށުގެ ފުލުހުން މައުލޫމާތުދިނެވެ.އަދި ހައްޔަރުކޮށްގެން ނެރުނު ވަގުތު ވޭރ ވަރަށް ބޮޑަށް ނޭވާ ލާންއުނދަގޫވެ ހޭނެތިގެން ވެއްޓުނު ކަމާއި އަދި ހަމަ ވަގުތުން އޭނައަށް ފުރަތަމަ އެހީދީފައިވާނެކަން ފުލުހުން މައުލޫމާތު ދިނެވެ.

ވޭރ މަރުވިކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ޓަސްކަލޫސާ އަވަށުގެ ހޮސްޕިޓަލަކުންއެވެ. މިހާދިސާއާއި ގުޅިގެން އެއްވެސް ފުލުހަކާއި މެދު ފިޔަވަޅު އަޅާފައި އަދި ނުވާނެކަމާއި ވޭރ ހައްޔަރުކުރުމުގައި ހަރަކާތްތެރިވި ހަ ފުލުހުންގެ ގައިގަ އަދި ދުއްވި ވެހިކަލްގަ ހަރު ކޮށްފަ އިން ކެމެރާގެ ފޫޓޭޖް ބޭނުން ކޮށްގެން މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ އެސިސްޓެންޓް ޗީފް ރޯނީ ޑުން ވަނީ މައުލޫމާތު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް