ދުނިޔޭގެ އެންމެ ބާރުގަދަ ޑްރަގް ލޯޑް ޖަލުން ފިލައިފި

ދުނިޔޭގެ އެންމެ ބާރުގަދަ ޑްރަގް ލޯރޑް ކަމަށްވާ ޖޯކުއިން އެލް ޗާޕޯ ޖަލުން ފިލައިފިއެވެ. މެކްސިކޯގެ މި ޑްރަގް ލޯޑް ބަންދު ކޮށްފައިހުރީ މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލެއް ކަމުގައިވާ އަލްޓިޕްލާނ...

12 Jul 2015 | 16:51

ދުނިޔޭގެ އެންމެ ބާރުގަދަ ޑްރަގް ލޯރޑް ކަމަށްވާ ޖޯކުއިން އެލް ޗާޕޯ ޖަލުން ފިލައިފިއެވެ.

މެކްސިކޯގެ މި ޑްރަގް ލޯޑް ބަންދު ކޮށްފައިހުރީ މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ ޖަލެއް ކަމުގައިވާ އަލްޓިޕްލާނޯގައެވެ. މިއީ މީނާ ޖަލަކުން ފިލި ދެވަނަ ފަހަރެވެ.

ސިނާލޯ ކާރޓެލް ނަމަކަށް ކިޔާ އެމެރިކާ އަށް އެންމެ ގަދައަށް ޑްރަގް ސްމަގުލް ކުރާ ގުރޫޕްގެ ލީޑަރ، އެލް ޗާޕޯ ޖަލަށް ލާފައިވަނީ 2014  ވަނަ އަހަރުގެ ފެބްރުއަރީގައެވެ.

މެކްސިކޯގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޝަން އިން ވަނީ އެލް ޗާޕޯ ފިލާފައިވާކަން ކަށަވަރު ކޮށްދީފައެވެ. އަދި އޭނާ ހޯދުމަށް އޮޕަރޭޝަން އެއް ފަށާފައިވާކަމަށާއި މި ޖަލާއި ކައިރީގައި އޮންނަ އެއަރޕޯޓް ޓޮލުކާގެ ދަތުރުތައް މިވަގުތައް ހުއްޓާފައިވާކަމުގެ މައުލޫމާތުވެސް ކޮމިޝަނުން ވަނީ ދީފައިވެއެވެ.

އެލް ޗާޕޯ އަކީ ފޯބްސް މަޖައްލާ އިން ހަދާފައިވާ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުގައި ފްރާންސް އަދި ވެނުޒުއެލާގެ ރައީސަށްވުރެ މަތީގައި ހިމަނާފައިވާ މީހެކެވެ. މީނާގެ ނެޓް ވޯތް އެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާ ކުރެވިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް