އިސްތިއުފާއަކަށްފަހު އިސްތިއުފާއެއް، މި ސަރުކާރު ވަރަށް ބަލި: އަލީ ވަހީދު

އިސްތިއުފާއަކަށްފަހު އިސްތިއުފާއެއް ދެމުން އަންނައިރު މި ސަރުކާރު ވަރަށް ބަލި ކަމަށާއި މި ސަރުކާރު ވަރަށް އަވަހަށް ވެއްޓޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. އަލީ ވަހީދު މިހެނ...

12 Jul 2015 | 16:24

އިސްތިއުފާއަކަށްފަހު އިސްތިއުފާއެއް ދެމުން އަންނައިރު މި ސަރުކާރު ވަރަށް ބަލި ކަމަށާއި މި ސަރުކާރު ވަރަށް އަވަހަށް ވެއްޓޭނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައި މިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ އަމީން އިސްތިއުފާ ދެއްވާފައިވާއިރު މިރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/ali20waheed/status/620263210374049792

އެ ޓްވީޓްގައި އަލީ ވަހީދު ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރު ވަރަށް ބަލި ކަމަށާއި ސަރުކާރުން ފަރުވާ ހޯދަމުންދަނީ އެހެން ޕާޓީތަކުން ކަމަށެވެ. އަދި ބަލި ރަނގަޅު ނުވާނެ ކަމަށާއި ވެއްޓޭނެ ކަމަށެވެ.

އަލީ ވަހީދު މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު ގާސިމް އިބްރާހިމް މިއަދު ރާއްޖެ ވަޑައިގަތުމުންވެސް އަލީ ވަހީދު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ ގާސިމް މާލެ ވަޑައިގަތުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ދުވަހެއް އަންނާނެ ކަމަށާއި ރައީސް ޔާމީން އެކަން ހަނދުމަފުޅު ބަހައްޓަވަން ޖެހޭނެ ކަމަށްވެސް އަލީ ވަހީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް