ރައީސް އޮފީހުގެ މިނިސްޓަރު އަބުދުﷲ އަމީން އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަމީން މިއަދު އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ހުށަހެޅިކަން ސަރުކާރުގެ އިސް ފަރާތަކުން ވަނީ ދުވަހަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
މިކަން ސާފުކޮށްލުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެން އަހާލުމުން މުއާޒް ވިދާޅުވީ "މިވަގުތު ތިޔަ ސުވާލަށް ޖަވާބެއްދޭން ދަތި" ކަމަށެވެ.
އަމީން އިސްތިއުފާ ދެއްވާފައިވާއިރު އޭނާގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައި ވެ އެވެ. އިސްތިއުފާ ދެއްވާފައިމިވަނީ އަމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކި ކުރުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ. އަމީން އާއެކު ކެބިނެޓްގައި އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުވެސް ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް