ރަކީދޫ އަދި ނަޑެއްލާގައިވެސް އެސްޓީއޯގެ ފާމަސީ ހުޅުވައިފި

ވ ރަކީދޫ އަދި ގދ ނަޑެއްލާގައި އެސްޓީއޯގެ ފާމަސީ ހުޅުވައިފި އެވެ. އެސްޓީއޯއިން ބުނީ އެ ދެފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއ...

12 Jul 2015 | 10:46

ވ ރަކީދޫ އަދި ގދ ނަޑެއްލާގައި އެސްޓީއޯގެ ފާމަސީ ހުޅުވައިފި އެވެ.

އެސްޓީއޯއިން ބުނީ އެ ދެފާމަސީއަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހުޅުވި ދެފާމަސީ ކަމަށެވެ.

ބައެއް ރަށްރަށުން އާންމު ބޭސްތައް ވެސް ލިބެން ނުހުންނާތީ ރައްޔިތުންގެ ޝަކުވާ ބޮޑު އިރު މި އަހަރު ނިމުމުގެ ކުރިން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވުމުން އެކަން ހައްލުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި ދެ ރަށުގައި ހުޅުވުނު ދެ ފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 135 އަށް އިތުރު ވެފައެވެ.

އެސްޓީއޯއިން ބުނީ މި މަޝްރޫއު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބެމުންދާ ކަމަށެވެ. އަދި ރަށްރަށުގެ ލޯކަލް ކައުންސިލްތަކުންނާއި ރައްޔިތުންގެ އެހީތެރިކަން ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް