ދެކުދިންކުރެ އެއްވެސް ކުއްޖަކު އިނީ ބަލިވެ އެއް ނޫން، މިއަދު އިތުރު މީހަކު ހައްޔަރުކުރި: ޕޮލިސް

ފުވައްމުލަކުގައި ކުޑަ ކުދިންތަކެއް ބްލެކްމެއިލްކޮށް އެކުދިންނަށް މަސްތުވާތަކެތިދީ އެކުދިން ލައްވައި ހަށިވިއްކުވި މައްސަލައިގާ ހިމެނޭ ދެކުދިންކުރެ އެއްވެސް ކުއްޖަކު އިނީ ބަލިވެ ނޫންކަމަށާއި އެ މައްސަލަ...

12 Jul 2015 | 09:35

ފުވައްމުލަކުގައި ކުޑަ ކުދިންތަކެއް ބްލެކްމެއިލްކޮށް އެކުދިންނަށް މަސްތުވާތަކެތިދީ އެކުދިން ލައްވައި ހަށިވިއްކުވި މައްސަލައިގާ ހިމެނޭ ދެކުދިންކުރެ އެއްވެސް ކުއްޖަކު އިނީ ބަލިވެ ނޫންކަމަށާއި އެ މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

މިއަދު މި މައްސަލައާއި ގުޅިގެން ފުލުހުންގެ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެޑް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންގެ ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ޖުލައި ފަސް ވަނަ ދުވަހު ކަމަށާއި މައްސަލައިގެ ބާވަތުން މި މައްސަލައައިގެ ސީރިއަސް ކަން އެނގުމުން މާލެއިން ފުލުހުން ގޮސް ތަހުގީގު ފެށީ މިމަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

" މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ގެތައް ވަނީ ބަލައި ފާސްކުރެވިފައި، 20 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުން ހައްޔަރު ކުރެވިފައިވަނީ، ޖުލައި މަހުގެ 10 ވަނަ ދުވަހު މި މައްސަލައިގައި 10 މީހަކު ހައްޔަރުކުރެވުނު، އަދި މިއަދުގެ ވަގުތެއްގައި އެކަކު ވަނީ ހައްޔަރުކުރެވިފައި، ހައްޔަރުކުރި ފަސް މީހުންނަކީ މަސްތުވާތަކެއްޗާއި މާރާމާރީ އާއި ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ މީހުން." ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވީ މި މައްސައާއި ބެހޭގޮތުން އާޓިކަލްތައް ގެނެސްދޭއިރު ވަރަށް ބޮޑަށް ހަގީގަތް އޮޅޭގޮތަށް އާޓިކަލްތައް ގެނެސްދީފައި ހުންނަ ކަމަށެވެ. އަދި އެ ކުދިންގެ ކަރާމާތް ނުގެއްލޭގޮތަށް ހަބަރުތައް ގެނެސްދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"މި މައްސަލައިގައި އަދިވެސް ތުހުމަތުކުރެވޭ ބަޔަކު އެބަތިބި. އަދި ބުނަން ދަތި މިއީ ކޮން ދުވަސްވަރެއްގައި ހިންގަން ފެށި ކަމެއްކަން، ހައްޔަރުކުރި މީހުންނަކީ އެކި ގޮތް ގޮތުން މިކަމުގައި ޝާމިލްވާ މީހުން" ހަމްދޫން ވިދާޅުވި އެވެ.

ހަމްދޫން އިތުރަށް ވިދާޅުވީ  އެ ދެކުދިންނާއި ވަކި ވަކިން ސުވާލުކޮށް އިތުރު ބަޔަކު ހޯދަމުން އަންނަ ކަމަށްވެސް ހަމްދޫން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް