ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މާލެ ވަޑައިގަތުމަކީ އިންސާފެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ގާސިމް އިބްރާހިމް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯއާއެކު އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މަންޒަރު ހުރިހާ ކަމެއް ސާފުވާ ކަމަށެވެ. އަދި އެއީ އިންސާފު ނޫންކަމަށެވެ.
https://twitter.com/ali20waheed/status/620080605234098176
އެ ޓްވީޓްގައި އަލީ ވަހީދު ވަނީ ރައީސް ޔާމީންއަށް އިންޒާރުވެސް ދެއްވާފަ އެވެ. އަލީ ވަހީދު ވިދާޅުވެފައިވަނީ އެހެން މީހުންނަށްވެސް ދުވަހެއް އަންނާނެކަން ރައީސް ޔާމީން ހަނދާން ކުރައްވަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް