ހިލޭ ގްރޫޕް ރޯދަވީއްލުމެއް ބޭނުންތަ؟

ވިޔަފާރިތަކަށް ޙާއްސަކޮށްގެން ހިންގާ ވެލިއުސް.އެމްވީ (www.values.mv) އިން ވަނީ މިރޯދަމަހުގައި ހުރިހާ ރެސްޓޯރަންޓް އަދި ކެފޭތަކުގެ "ރޯދަ މެނޫ" ތައް ފެންނަގޮތަށް ސެކްޝަނެއް ތަޢާރަފްކޮށްފައެވެ. މެނޫގެ އި...

12 Jul 2015 | 04:51

ވިޔަފާރިތަކަށް ޙާއްސަކޮށްގެން ހިންގާ ވެލިއުސް.އެމްވީ (www.values.mv) އިން ވަނީ މިރޯދަމަހުގައި ހުރިހާ ރެސްޓޯރަންޓް އަދި ކެފޭތަކުގެ "ރޯދަ މެނޫ" ތައް ފެންނަގޮތަށް ސެކްޝަނެއް ތަޢާރަފްކޮށްފައެވެ. މެނޫގެ އިތުރުން އެޑްރެސް، ގުޅޭނެ ނަންބަރު އަދި ގޫގަލް މެޕްސް އިން ހުންނަ ތަން ފާހަގަކޮށް ފެންނަން ހުރެއެވެ. އެސެކްޝަނުގައި މެނޫތައް ވަކިވަކިން މެނޫގެ އަގު ނުވަތަ ވަކި ސަރަހައްދެއްގައި ހުންނަ ތަންތަން ހިޔާރުކޮށް ހޯދުމުގެ ފަސޭހަކަން ލިބިދެއެވެ.

އަދި މިސެކްޝަނާއި އެއްކޮށް އެވެބްސައިޓް އިން ވަނީ ރެސްޓޯރެންޓްތަކާއި ގުޅިގެން ހިލޭ ރޯދަވީއްލުން ލިބޭ ފޭސްބުކް ޕްރޯމޯޝަނެއްވެސް އެވެބްސައިޓްގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ފަށާފައެވެ. އެގޮތުން މިހާތަނަށް ދެޕްރޮމޯޝަނެއްގައި 4 ފަރާތަކަށް ހިލޭ ރޯދަވީއްލުން ވަނީ ދީފައެވެ. އަދި މިފަދަ ބައެއް ޕްރޮމޯޝަންތަކުގައި ސަޕްރައިޒް ގިފްޓް ހެމްޕަރވެސް ދީފައިވެއެވެ.

އެވެބްސައިޓްގެ ތިންވަނަ ޕްރޮމޯޝަން ވަރަށް ތަފާތެވެ. މިފަހަރު ގްރޫޕް ރޯދަ ވީއްލުމެކެވެ. 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 13:45 ހަމައަށް އޮންނަ މިޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޖުމްލަ 5 ބޭފުޅަކަށް ހިލޭ ރޯދަ ވީއްލުމެއް މެކްރޫސްޓަރ ރެސްޓޯރަންޓްއިން ލިބިގެންދާނެއެވެ. ވެލިއުސް ޕޭޖް އިން ޕްރޮމޯޝަން ޕޯސްޓްގައިވާ 4 ކަމެއް ފުރިހަމަކޮށްގެން ބައިވެރިވެވޭ މިޕްރޮމޯޝަންގެ ގުރުނެގުން އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުނެގުން އޮންނާނީ މެކްރޫސްޓަރރެސްޓޯރެންޓްގައި 14 ޖުލައި 2015 ވާ އަންގާރަ ދުވަހުގެ 14:45 ގައެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ވެބްސައިޓްގެ ހޮޓްލައިން ނަންބަރު 7620033 އަށް ގުޅުއްވުމަށް އެފަރާތުން އެދެއެވެ.

https://www.facebook.com/values.mv/photos/a.1606836149536361.1073741829.1485105045042806/1680724565480852/?type=1

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް