ފަސޭހައިން ކާޑު ހަވާލުކުރެވޭ ގޮތަށް މެއިލިންގ އެޑްރެސް އަޕްޑޭޓްކުރުމަށް ބީއެމްއެލް އިން އެދިއްޖެ

މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސ...

12 Jun 2025 | 16:42

މާލޭ ސަރަހައްދުގައި ދިރިއުޅޭ ކަސްޓަމަރުންގެ ކާޑު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ސީދާ ކަސްޓަމަރުންގެ ގެއަށް ކާޑު ފޮނުވައިދިނުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން ކަސްޓަމަރުންގެ މެއިލިން އެޑްރެސް އަދާހަމަކުރުމަށް ބޭންކުން އިލްތިމާސްކޮށްފިއެވެ.

"ކަސްޓަމަރުންނަށް ވީހާވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކާޑު ހަވާލުކޮށްދިނުމަށް އަޅުގަނޑުމެން ނުހަނު އިސްކަމެއްދެން. ކާޑު ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަސްޓަމަރުން ބޭންކަށް ދީފައި އޮންނަ އެޑްރެހުގައި ދިރިއުޅެމުން ނުދާކަން. ނުވަތަ މެއިލިން އެޑްރެހުގެ ގޮތުގައި ދާއިމީ އެޑްރެސްވެސް ދީފައި އޮންނަކަން ފާހަގަކުރެވޭ. އެހެންކަމުން އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް އެޑްރެސް އަޕްޑޭޓް ކޮށްލުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން.  " ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓެރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ " ކާޑު ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން  ކާޑު ކަސްޓަމަރަށް ހަވާލުކުރުމާ ހަމައަށް، ކާޑު އެކްޓިވޭޓެއް ނުވާނެ. އަދި ކާޑުން އެއްވެސް މުއާމަލާތެއް ނުކުރެވޭނެ. ކާޑު އެކްޓިވޭޓް ކުރެވޭނީ ހަމައެކަނި އެ ކަސްޓަމަރަކަށް. ބޭންކުން ކަސްޓަމަރުންގެ ކާޑު އެކްޓިވޭޓް ނުކޮށްދޭނެ. ކަސްޓަމަރަށް ކާޑު ލިބުމުން އިންޓަރނެޓް ބޭންކިންގ ނުވަތަ މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ވަގުތުން ކާޑު އެކްޓިވޭޓްކޮށްލެވޭނެ."

މާލޭ ސަރަހައްދުގައި މިބަދަލުގެނައި ނަމަވެސް އަތޮޅު ތެރޭގައި ކަސްޓަމަރުންނަށް ކާޑު ހަވާލުކުރަމުންދާނީ ބީއެމްއެލް މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް