ޞައްޚަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވި މައްސަލައެއްގައި އަންހެނަކު ފުލުހަށް ހާޒިރުވާން އަންގައިފި

ޞައްޚަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވުމާއި ގުޅުންހުރި މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރު ކުރުމަށް އަންހެނަކު ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ. އެގޮތުން މިއަދު ކުރި އިޢުލާނެއްގައި ފުލުހުން ބުނެފައިވަނ...

12 Jun 2025 | 05:38

ޞައްޚަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވުމާއި ގުޅުންހުރި މައްސަލައެއްގެ ތަޙުޤީޤަށް ހާޒިރު ކުރުމަށް އަންހެނަކު ހާޒިރުވުމަށް ފުލުހުން އަންގައިފިއެވެ.

އެގޮތުން މިއަދު ކުރި އިޢުލާނެއްގައި ފުލުހުން ބުނެފައިވަނީ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

އެމީހަކީ ހދ. މަކުނުދޫ، ލުނބޯގަސްދޮށުގޭ، އުމުރުން 22 އަހަރުގެ އާއިޝަތު މަލީހާ އެވެ.

އެ ނޯޓިސްގައި ފުލުހުން އަންގާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް މަލީހާ ހާޒިރުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް