މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަގުތުން ދިނުމަށް އިދިކޮޅު ލީޑަރު ޝާހިދު ގޮވާލައްވައިފި

ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ  80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް ...

12 Jun 2024 | 16:25

ކަންނެލި މަސްވެރިން މިއަދު ކުރަމުންގެންދާ އިހްތިޖާޖްގެ އަޑު ސަރުކާރުން އެހުމަށާއި މަސްވެރިން މިފްކޯ އަށް ކިރުވި މަހަށް ދޭން ޖެހޭ  80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް އިދިކޮޅު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

އޭނާ މިކަމަށް ގޮވާލެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ޝާހިދު ވިދާޅުވެފައިވަނީ މިއަދުގެ ސަރުކާރު ވެރިކަމަށްއައީ  މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަހު ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވަޢުދުވެކަން ދިވެހި މަސްވެރިންއެގެންދަނީ ތަކުރުކޮށް ހަނދާން ކޮށްދެމުންކަމަށާއި މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ދަނީ ބުނަމުންކަމަށެވެ.

"މިވަގުތު އިތުރު އިންތިޙާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ޚައްގަކަށްވާތީ ސަރުކާރުން އެ ޚައްގު ވަގުތުން އަދާކުރުމަށްގޮވާލަން" އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

މަސްވެރިންގެ ފައިސާ ނުލިބޭތީ މަސްވެރިން މިއަދު ވަނީ މާލެ އައިސް އެއް ނަމްބަރު ފާލަމުގައި ބަނދަރުކޮށް މަސްވެރިންގެ ޑިމާންޑުތަކަށް ސަރުކާރުން ސާފު ސީދާ ޖަވާބެއް އަދި ހައްލެއް ނުދޭހާހިނދަކު އެނބުރި ނުދާނެކަމަށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް