ޙައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ދޮޅު މިލިޔަނަށްވުރެ ގިނަ ޙައްޖާޖީން ސަޢޫދީ އަރަބިއްޔާއަށް ގޮސްފައިވާއިރު މިއީ އިއްޔެ ވައިރަލްވެގެންދިޔަ ވީޑިއޯކޮޅެކެވެ.
މި ވީޑިއޯކޮޅުން ފެންނަނީ ގެފުޅުގެ ވަށައިގެން ޠަވާފްކުރަމުންދިޔަ ގްރޫޕެއްގެ ތަލްބިއާ ކިޔުމުގައި ކުޑަކުޑަ އަންހެންކުއްޖަކު އިސްނަގާ، ތަލްބިއާ ކިޔާ މަންޒަރެވެ.
ވީޑިއޯއިން ފެންނަނީ ކުޑަކުޑަ އެ އަންހެން ކުއްޖާ އެ ކުއްޖާގެ ބައްޕަގެ ކޮނޑުގައި އިނދެ އިސްވެ ތަލްބިޔާ ކިޔާ މަންޒަރެވެ. ޠަވާފް ކުރަމުންދިޔަ އެހެން މީހުން އެ ކުއްޖާގެ އަޑުދަށުން ތަލްބިއާ މަންޒަރުވެސް ފެނިގެންދެއެވެ.
އެ ކުއްޖާގެ މަޢުލޫމާތު މީޑިއާގައި އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައިވަނީ އެއީ އޭސިޔާ ޤައުމަކަށް ނިސްބަތްވާ ކުއްޖެއް ކަމަށެވެ.
?⚡️ غير عادي حشد من الحجاج يردد دعاء خلف طفلة صغيرة في رحاب الحرم المكي في السعودية pic.twitter.com/gKDLG2Sh7O
— الموجز الروسي | Russia news ?? (@mog_Russ) June 11, 2024
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް