ސްޓެލްކޯއިން ފަލަޞްޠީނު ޓެލެތޯނަށް ބައި މިލިޔަން ރުފިޔާ

ކަރަންޓު ކުންފުނި، ސްޓެލްކޯއިން ފަލަޞްޠީނު ޓެލެތޯނަށް ބައި މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ. އެ ކުންފުނިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުގެ ގެ އިސްނެންގެވުމަށް ޕީއެސްއެމް އ...

12 Jun 2024 | 09:58

ކަރަންޓު ކުންފުނި، ސްޓެލްކޯއިން ފަލަޞްޠީނު ޓެލެތޯނަށް ބައި މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒުގެ ގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްޠީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ވަނީ ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައި ކަމަށެވެ.

"މީގެ އިތުރުންވެސް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑްއޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑުފޮއްޓަށް އެކި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން، އަޅުގަނޑުމެން، ސްޓެލްކޯގެ މުވައްޒަފުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކު" ސްޓެލްކޯއިން ބުނެފައިވެއެވެ.

މިއަދު 08:00 އިން ފެށިގެން މިރޭ 12:00 އާއި ހަމައަށް ކުރިއަށްގެންދާ ޓެލެތޯނަށް ފަސް ގަޑިއިރުގެ ތެރޭގައި ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް