މަކަރާއި ހީލަތުގެ މައްސަލައަކަށް ނޫކަށިފުރާގެ ދިވެއްސަކާ ޗިޓު ހަވާލުނުކުރެވިގެން އޭނާ ޕޮލިހަށް ހާޒިރުވާން އަންގައި ވަނަވަރު އާންމުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން އުޅޭ ވަކި ތަނެއް ނޭގޭތީ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ، ޖިނާއީ މައްސަލތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާއި ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުވުމަށް އަނގާފައިވަނީ ޢަލީ އިބްރާހީމް، ގދ. ގައްދޫ/ ސީކޯ (22އ) އައިޑީ ކާޑު ނަންބަރު(A252169 )އެވެ.
މި މައްސަލާއިގައި އަލީ އިބްރާހިމަށް އަންގާފައިވަނީ މި މަހުގެ 24ގައި ސާޖަންޓް އާދަމް ހަލީލް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސްޓޭޝަނަކަށް ހާޒިރުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް