ފަލަޞްޠީނަށް އެހީވާ ފަންޑަށް ރާއްޖެއިން ދެމުން އަންނަ 5 ހާސް ޑޮލަރުގެ ބަދަލުގައި މި އަހަރު 50 ހާސް ދިނުމަށް ނިންމައިފި

ފަލަޞްޠީނަށް އެހީވުމުގައި މިހާރުވެސް އެ ބިމުގައި މަސައްކަތް ކުރަމުން އަންނަ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ފަސް ހާސް ޑޮލަރު ދިހަ ގުނަކޮށް މި އަހަރު...

12 Jun 2024 | 08:43

ފަލަޞްޠީނަށް އެހީވުމުގައި މިހާރުވެސް އެ ބިމުގައި މަސައްކަތް ކުރަމުން އަންނަ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ފަސް ހާސް ޑޮލަރު ދިހަ ގުނަކޮށް މި އަހަރު ފަންސާސް ހާސް ޑޮލަރު ދިނުމަށް ދިވެހ ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ މިއަދު ޕީއެސްއެމް އަދި ދިވެހި މީޑިއާއާއި ގުޅިގެން ދިވެހި ސަރުކާރުން ފެށި "ފަލަޞްޠީނާއެކު ދިވެހިން" ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވުޒާރާގެ ވަޒީރު މޫސާ ޒަމީރެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެނސީ ފޯރ ފަލަޞްޠީން ރެފިއުޖީސް (އަންރުވާ) އަކީ އދ އިން 1948ގައި ފާސްކުރި ޤަރާރަކުން ވުޖޫދުކުރި ގޮތްޕެކެވެ. އެ ފަންޑަށް ރާއްޖެއިން އަންނަނީ ކޮންމެ އަހަރަކު ފަސް ހާސް ޑޮލަރުގެ އެހީއެއް ދެމުންނެވެ.

ފަސް ހާހުން ފަންސާސް ހާހަށް އިތުރުކުރަން ސަރުކާރުން ނިންމެވި ނިންމެވުން އިޢުލާނުކުރައްވަމުން ވަޒީރު ޒަމީރު ވިދާޅުވީ މި އަހަރު ރާއްޖެއިން ދޭ އެހީ 10 ގުނަ އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް