"މަޖީދީ ސައްލާ" ގެ ނަމުގައި އެ ސްކޫލްގެ އިސް ދަރިވަރުންގެ ބައްދަލުވުމެއް މިރޭ

މިރޭ 21:00 ގައި، މަޖީދިއްޔާ ސުކޫލްގެ އިސްދަރިވަރުންނަށް " މަޖީދީ ސައްލާ" ގެ ނަމުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. މި ބައްދަލުވުމުގެ މަޤްސަދަކީ، މަޖީދިއްޔާއަށް 100 އަހަރު ފުރުމަށް، 100 ދުވ...

12 Jun 2024 | 04:45

މިރޭ 21:00 ގައި، މަޖީދިއްޔާ ސުކޫލްގެ އިސްދަރިވަރުންނަށް " މަޖީދީ ސައްލާ" ގެ ނަމުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ، މަޖީދިއްޔާއަށް 100 އަހަރު ފުރުމަށް، 100 ދުވަހަށް ވުމުން، އެ ދުވަހާއި، އެ ދުވަހަށްފަހު އަންނަ ދުވަސް ތަކުގައި، ހިނގޭނެ ހަރަކާތްތަކާއި، އެ މުނާސަބާ ފާހަގަ ކުރާނޭ ގޮތާއި މެދު، އިސްދަރިވަރުންގެ ޙިޔާލު ހޯދުން ކަމަށާއި މި ބައްދަލުވުމުގައި އިސްދަރި ވަރުންގެ މެދުގައި މަޝްވަރާކޮށް، ޙިޔާލުތައް ތަރައްޤީ ކުރުމަށް ވަގުތު ދެވިގެން ދާނެކަމުގައި މި ބައްދަލުވުން އިންތިޒާޟުކުރާ ފަރާތުން ބުނެއެވެ. ވީހާވެސް ގިނަ މަޖީދިއްޔާގެ އިސް ދަރިވަރުން އައުމަށްވެސް އެދެއެވެ.

19 އޭޕްރީލް 1927 ގައި އުފެދުނު މަޖީދިއްޔާ ސްކޫލް އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ މަދަރުސާއެވެ. މި މަދަރުސާއަށް 100 އަހަރު ފުރުމަށް ކުރާ ދަތުރު ފާހަގަކޮށް، މީގެ ކުރިންވެސް އެތަކެއް ޙަރަކާތެއް ވަނީ ބޭއްވިފައެވެ. އޭގެ ތެރޭގައި، މަޖީދީ ރަން ފަދަ ޙަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް