މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަޢޫދީ އަރަބިއްޔާއަށް ދިޔަ މުސްލިމުންގެ އަދަދު 1.5 މިލިޔަނަށް އަރާފައިވާކަމަށް ސަޢޫދީ އަރަބިއްޔާއިން ހާމަކޮށްފިއެވެ.
އެގޮތުން ސަޢޫދީ އަރަބިއްޔާއިން ރޭގައި ބުނެފައިވަނީ ހޯމަ ދުވަހާއި ހަމައަށް ސަޢޫދީއަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒިޔާރަތްކުރި ޙައްޖާޖީންގެ އަދަދު 1.5 މިލިޔަނަށް އަރާފައިވާކަމަށާއި އޭގެތެރެއިން 1،483،312 މީހުން ސަޢޫދީއަށް ދަތުރުކޮށްފައިވަނީ ވައިގެ މަގުން ކަމަށެވެ. އަދި 59،273 މީހަކު އެއްގަމު މަގުން ދަތުރުކޮށްފައިވާއިރު 4،710 މީހަކު ދަތުރުކޮށްފައިވަނީ ކަނޑުމަގުން ކަމަށް ބުނެފައިވެއެވެ.
ދޮޅު މިލިޔަން މުސްލިމުން އެ މާތް ބިމަށް ޖަމަވެފައިވާއިރު މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 ޙައްޖުވެރިއަކު މައްކާއަށް ގޮސްފައިވެއެވެ. މި އަހަރު ދިވެހި ޙައްޖުވެރިން ޙައްޖަށް ދިޔައީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް