ދިރާގު އީދު ޝޯ އާއި 'ވިން އަ ޓެސްލާ' ލަކީޑްރޯ 17އިގާ

ދިރާގު އީދު ޝޯ އާއި  އެކުންފުނީގެ 'ވިން އަ ޓެސްލާ' ލަކީ ޑްރޯ 17 ޖޫން 2024 ވާ ހޯމަ ދުވަހު އޮންނާނެ ކަމަށް ދިރާގުން އިއުލާންކޮށްފިއެވެ. މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ މި އ...

12 Jun 2024 | 03:18

ދިރާގު އީދު ޝޯ އާއި  އެކުންފުނީގެ 'ވިން އަ ޓެސްލާ' ލަކީ ޑްރޯ 17 ޖޫން 2024 ވާ ހޯމަ ދުވަހު އޮންނާނެ ކަމަށް ދިރާގުން އިއުލާންކޮށްފިއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ބާއްވާ މި އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ކުޅުންތެރިންގެ ލައިންއަޕެއް ޝޯއިން ފެނިގެންދާނެއެވެ.

މީގެ އިތުރުން ޝޯގެ ތެރެއިން ގިނަ ބަޔަކު އިންތިޒާކުރަމުންދާ، ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުވަތުގެ ނަސީބުވެރިޔާވެސް އިއުލާންކުރެވިގެން ދާނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅޭގޮތުން ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ މެދުކެނޑުމަކަށް ފަހު ދިރާގު އީދު ޝޯ އަލުން އާންމުންނާ ހަމައަށް ގެނެސްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ޝޯގެ ތެރޭގައި ހުނަރުވެރި ދިވެހި ފަންނާނުންގެ ރާގުތައް އިވުމުގެ އިތުރުން ދިރާގުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ކާރުގެ ވެރިފަރާތްވެސް އެނގިގެން ދާނެކަމަށެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ އުއްމީދަކީ މި ޝޯގެ ޒަރިއްޔާއިން އީދުގެ ރޫހު އާލާވެ، ބެލުންތެރިންގެ ހަނދާނުން ނައްތާނުލެވޭ ފަދަ ފުރިހަމަ ތަޖުރިބާއަކަށް މި އިވެންޓް ވެގެން ދިޔުން. އަދި ވީހާވެސް ގިނަ ބޭފުޅުން، ރައްޓެހިންނާއި އާއިލާއާ އެކު، ޝޯ ބަލާލުމަށް ވަޑައިގަންނާނެ ކަމަށް އުންމީދު ކުރަން" އޭނާ ވިދާޅުވިއެވެ.

ދިރާގު އީދު ޝޯ އޮންނާނީ 17 ޖޫން 2024 ވާ ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މި ހަރަކާތުގެ ހޯސްޓިންގ ޕާޓްނަރަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް