އަށް މަސްވެފައިވާ، އިސްރާއީލް – ޣައްޒާ ހަނގުރާމައިގެ ހަމަލަތައް މެދުކަނޑާލުމާއި ގުޅޭގޮތުން އެމެރިކާ އިސްވެ އޮވެ ހުށަހަޅާފައިވާ ސުލްޙައިގެ ހުށަހެޅުމަށް ހަމާސް އިން އިޞްލާޙު ހުށަހަޅައިފިއެވެ.
ހަމާސްގެ އިޞްލާޙީ ކަރުދާސް ލިބިފައިވާކަން އެމެރިކާގެ ވައިޓްހައުސްއިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުގެ ހުށަހެޅުމެއްކަމަށްބުނެ އެމެރިކާއިން ހުށަހެޅި ސުލްޙައިގެ ހުށަހެޅުމަށް ހަމާސްގެ އިޞްލާޙު ހުށަހަޅާފައިވާއިރު ހަމާސްގެ ތަރުޖަމާނު ޖިހާދު ތޯހާ ބުނެފައިވަނީ އިސްލާޙް ހުށަހަޅާފައިވަނީ ހަމަލަތައް މެދުކަނޑާލުމާއި، އިސްރާއީލު ފައުޖުތައް ޣައްޒާއިން ފޭބުމާއި އަދި އަލުން ޣައްޒާ އާރާސްތުކުރުމާއި ގުޅޭ މާއްދާތަކަށް ކަމަށެވެ. އެހެންނަމަވެސް އެ އިޞްލާޙުތަކުގެ ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ސުލްޙައިގެ މި ހުށަހެޅުމުގައި މެދުވެރިއެއް ރޯލު ކުޅެނީ އެމެރިކާއާއި ޤަތަރާއި މިސްރުންނެވެ.
މި މަހުގެ އެއްވަނަ ދުވަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުށަހެޅި ހުށަހެޅުން ބިނާކޮށްފައިވަނީ ތިން މަރުޙަލާއަކަށެވެ. އެއީ ހަމަލަތައް ވަގުތުން މެދުކަނޑާލުމަށްފަހު މަޝްވަރާގެ މޭޒަށް ފުރުޞަތު ދޭނެ ހަ ހަފްތާ ދުވަހުގެ މަރުޙަލާއަކާއި ހުރިހާ އަސީރުން މިނިވަންކުރާ މަރުޙަލާއަކާއި އަދި ޣައްޒާ އަލުން އާރާސްތުކުރަން ފުރުޞަތުދޭ މަރުޙަލާއެކެވެ.
ހަމާސްގެ އިސްލާޙުތައް ހުށަހަޅާފައިވާއިރު އިސްރާއީލުން ޣައްޒާއަށް ހަމަލަތައް ދެމުން އަންނަތާ މި މަހުގެ ހަތްވަނަ ދުވަހަށް ވަނީ އަށް މަސް ފުރިފައެވެ.
ހަމަތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 37 ހާހަށް އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު ވަނީ ލައްކައަކާއި ގާތްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް