ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސޭޝެލްސްއާ ދެމެދު ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދާ ހަތަރު އެއްބަސްވުމެއް ދެޤައުމުގެ މެދުގައި މިއަދު ބަދަލުކުރައްވައިފިއެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ސޭޝެލްސްގެ ރައީސް، ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެޤައުމުގެ މެދުގައި މިއަދު ބަދަލުކުރެއްވި އެއްބަސްވުންތަކަކީ
- އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮން ޝޯޓް ސްޓޭ ވިސާ ވެއިވަރ
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މިއެއްބަސްވުމުގެ ދަށުން، ދެޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި، 30 ދުވަހުގެ މުއްދަތަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހި ދަތުރުފަތުރުކުރުމަށް ފަސޭހަތައް ލިބިގެންދާނެއެވެ. އަދި މިއެއްބަސްވުމާއިއެކު ދެ ޤައުމުގެ އިޖްތިމާޢީ އިޤްތިޞާދީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެއެވެ.
- އެގްރީމެންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް ކޮންސަރނިންގ އެއަރ ސަރވިސަސް؛
މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ މެދުގައި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުކުރުމަށް މަގުފަހިވެ، އިޤުތިޞާދަށް ކުރިއެރުން ލިބި، ރައްކާތެރި ހަރުދަނާގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރިއަށް ގެންދެވޭނެއެވެ.
- ޕްރޮޓޮކޯލް ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އޮންދަ ކޯޕަރޭޝަން ޓު ކޮމްބެޓް ޓްރާންސިޝަނަލް އޯގަނައިޒްޑް ކްރައިމް އެންޑް އަދަރ މެރިޓައިމް ސެކިއުރިޓީ އެންޑް ސޭފްޓީ ތްރެޓްސް؛
މިޕްރޮޓޮކޯލްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނ.ޢ.ޢ.ވ ޢަބުދުﷲ ޝާހިދެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ. މި ޕްރޮޓޮކޯލްގެ މަޤުޞަދަކީ، ކަނޑުފޭރުން ފަދަ ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާތައް ހުއްޓުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމެވެ. އަދި މިޕްރޮޓޮކޯލްގެ ސަބަބުން ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.
- މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ފޮރ ޔޫތު ޑިވެލޮޕްމަންޓް ކޯޕަރޭޝަން ބިޓްވީން ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ފެމިލީ އޮފް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް ސީޝެލްސް އެންޑް ދަ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮފް ދަ އޮފް ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް؛
މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފެވެ. ސީޝެލްސްގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ހިޒް އެކްސެލެންސީ ސިލްވެސްތް ރަޑެގޮންޑެއެވެ.
މި މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގގެ މަޤުޞަދަކީ ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ޢިލްމާއި ތަޖުރިބާ އާއި ވަސީލަތްތައް ޙިއްޞާކޮށް، ޤާބިލްކަން އިތުރުކޮށް އަދި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް ފަދަ ތަފާތު ދާއިރާތަކުން ދެޤައުމުގެ ދެމެދުގައި ދިގު މުއްދަތަށް އެއްބާރުލުން ޤާއިމްކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް