ވެށި ސާފުކުރުމަށް އާބަންކޯ އިން ޗެލެންޖެއް ފަށައިފިއެވެ.
މިކަން ހާމަކޮށް އާބަންކޯ އިން މިއަދު ބުނީ ތިމާވެށި ސާފުކޮށް ރައްކާތެރި ކުރުމުގެ މަޤްސަދުގައި އާބަންކޯ އިން ލޯންޗު ކޮށްފައިވާ ދުނިޔެ މަގޭ ބްރޭންޑުގެ ދަށުން ކްލީން އަޕް ޗެލެންޖެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.
އެގޮތުން މި ޗެލެންޗު ތައާރަފްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އާބަންކޯއިން ހުޅުމާލޭގައި ބޭއްވި ސާފު ހުޅުމާލެ މެގާ ކްލީން އަޕް އިވެންޓުގައި ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
އާބަންކޯ އިން ބުނީ އަލަށް ތައާރަފްކުރި މި ޗެލެންޖުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކުން ވެސް އެއް މަސްދުވަސް ތެރޭގައި އެއް މެގަ ކްލީން އަޕް އިވެންޓު ބޭއްވުމަށް ފަހު އެހެން މުއައްސަސާއަކަށް ޗެލެންޖު ކުރާން ހަމަޖެހިފައިވާ ކަަމަށެވެ.
މިގޮތުން އާބަންކޯ އިން ހޮނިހިރު ދުވަހު ބޭއްވި އިވެންޓަށް ފަހު ޗެލެންޖު ކޮށްފައި ވަނީ ސްޓެލްކޯއަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި މި ޗެލެންޖުގެ ރަމްޒެއްގެ ގޮތުގައި ކޮންމެ ކުންފުންޏަކުން ވެސް ސާފުކުރާ އިވެންޓަށް ފަހު އެ ފަރާތަކުން ޗެލެންޖުކުރާ އިދާރާއަކަށް ރަމްޒީ މަށަންދަތި އަރުވަން ޖެހޭ ކަމަށް އާބަންކޯ އިން ބުނެފައި ވެއެވެ.
އެގޮތުން މިއަދުގެ އިވެންޓު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އަރބަންކޯގެ ފަރާތުން ވަނީ ރަމްޒީ މަށަންދަތީގެ
ފިލާ ސްޓެލްކޯއަށް އަރުވާފައެވެ.
މި ޗެލެންޖުގެ މައިގަނޑު މަޤްސަދަކީ ހުޅުމާލެ ސާފުކުރުމަށް އާބަންކޯ އިން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުރިއަށްގެންދެވޭ ބޮޑު ހަރަކާތަކަށް ހެދުމަށް ކަމަށާއި ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ސާފު ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް ބާރު އެޅުމަށް ކަމަށް އާބަންކޯ އިން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް