އިދިކޮޅު ޕީޕީއެމްއިން ބޭއްވި މުޒާހިރާއެއްގެ ތެރެއިން ފުލުހެއްގެ އަތުގައި ދަތްއެޅިކަމަށްބުނެ ޕީޕީއެމްގެ އެކްޓިވިސްޓް އާއިޝަތު ނުހާ އިބްރާހިމް ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.
އެގޮތުން މިހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި މުޒާހިރާގައި ފުލުހެއްގެ އަތުގައި ދަތް އެޅިކަމަށްބުނެ ނުޙާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުންވަނީ އޭނާ 5 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ނުހާ ބެހެއްޓުމަށް ނެރުނު ކޯޓު އަމުރުގައި ބުނީ، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން މަސައްކަތް ކުރުމުން، ފުލުސް މީހާގެ އަތުގައި ދަތް އަޅާފައި ވާކަން، ދެ ފުލުހެއްގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން އޭނާގެ ސަބަބުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެތީވެ ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރާ ކަމުގައި ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް