ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު މިއަދު ހަވީރު ފުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރުގެ ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް މި މަހުގެ 12 ވާ ހޯމަ ދުވަހު (މިއަދު) ހަވީރު އޮންނާނެ ކަމަށެވެ.
އެގޮތުން ފުރަތަމަ ފްލައިޓުން ހަވީރު 15:10ގައި ފުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފުރާ ޙައްޖުވެރިން ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.
އަދި މިފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ފުރުމަށް ހަމަޖެހިފައި ވާއިރު ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:
- 12 ޖޫން 2023 – މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10
- 13 ޖޫން 2023- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް – 12:50
- 15 ޖޫން 2023 – އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް – 19:00
- 16 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން – 15:10
- 16 ޖޫން 2023- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް – 19:00
- 19 ޖޫން 2023- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް – 15:10
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް