އިންޑިއާގެ އިދިކޮޅު ޕާޓީގެ ރައީސް ސޯނިޔާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. ކޮންގްރެސް ޕާޓީން ބުނީ ސޯނިއާ އެޑްމިޓްކޮށްފައިވަނީ ވެރިރަށް ނިއުދިއްލީގެ ގަންގާ ރ...

12 Jun 2022 | 18:02

އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާންދީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ކޮންގްރެސް ޕާޓީން ބުނީ ސޯނިއާ އެޑްމިޓްކޮށްފައިވަނީ ވެރިރަށް ނިއުދިއްލީގެ ގަންގާ ރާމް ހޮސްޕިޓަލްގައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ޕާޓީން ބުނެފައިވެ އެވެ.

ސޯނިއާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި މިވަނީ ކޯވިޑް ޖެހުނުތާ އެއް ދުވަސް ފަހުންނެވެ. އެޑްމިޓް ކުރީ ކޯވިޑާއި ގުޅިގެން ސިއްހީ ހާލަތު ގޯސްވެދާނެތީ އަވަސް ފިޔަވަޅެއްގެ ގޮތުންނެވެ.

އިޓަލީއަށް ނިސްބަތްވާ ސޯނިޔާގެ އުމުރުން މިހާރު 75 އަހަރެވެ. އޭނާ އިންޑިއާގެ ސިޔާސީ މައިދާނަށް ނުކެމެ ނުފޫޒުގަދަ މީހަކަށް ވީ ކުރީގެ ބޮޑުވަޒީރު އަދި އޭނާގެ މަރާލާފައިވާ ފިރިމީހާ ރަޖީވް ގާންދީން އާއި ކައިވެނި ކުރުމަށް ފަހު އެވެ.

އޭނާ އާއި ދަރިފުޅު ރާހުލް ގާންދީގެ މައްޗަށް ދާދިފަހުން ވަނީ އިންޑިއާގެ ފައިނޭންޝިއަލް ޕްރޮބް އެޖެންސީން މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފަ އެވެ.

ކޮންގްރެސް އިން ހިންގާ ނޫހެއް ކަމަށްވާ ނެޝަނަލް ހެރާލްޑް އާއި ގުޅުން ހުރި މި މައްސަލައިގަ ދެމައިން މިމަހުގެ 23 ގެ ކުރިން އެ އެޖެންސީއަށް ހާޒިރުވާން ވަނީ ޗިޓު ފޮނުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް