ހައި ސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް

މިއަދު ފެށި ހައި ސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައި ބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ހައި ސްޕީޑް ފެރީގެ ނިޒާމް ކުރިޔަށް ގެންދަން ހަވާލުކޮށްފައިވަނީ އެމްޓ...

12 Jun 2022 | 13:39

މިއަދު ފެށި ހައި ސްޕީޑް ފެރީ ނިޒާމަކީ ލާމަރުކަޒީ ތަރައްގީގެ މައި ބަދަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހައި ސްޕީޑް ފެރީގެ ނިޒާމް ކުރިޔަށް ގެންދަން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން މިއަދު ފުރަތަމަ ހިދުމަތް ފެށީ ހދ. އަތޮޅުގައި އެވެ.

މި ހިދުމަތް ފެށުމާއި ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައިފި ކަމަށެވެ. އަދި ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެށި ޓްރާސްޕޯޓު ލިންކުގެ ހިދުމަތުން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ ދިވެހިން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ ކަމަށެވެ.

https://twitter.com/ibusolih/status/1535963609159073792

މިއަދު ފެށި ފެރީގެ ނިޒާމުން އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް ވަނީ ގުޅާލައިފައެވެ.

55 މީހުންގެ ޖާގައިގެ ހަތަރު ލޯންޗު މިވަގުތު ހިދުމަތުގައި ބޭނުން ކުރަމުންދާއިރު އެ ލޯންޗުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަރާ ފޭބޭނެ އަދި ތިބެވޭނެ ފަސޭހަ ގޮތް ހަދާފައިވެ އެވެ.

ހިދުމަތުގެ އަގު އުޅެނީ35-100 ރުފިޔާ އާއި ދެމެދުގައި އެވެ. އެންސްޕާގައި ރެޖިސްޓްރީވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތިން އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް