ކޮންޓޭނަރެއްގެ ތެރޭގައި ދެ ބިދޭސީއަކު ތާށިވެ އެކަކު މަރުވެއްޖެ

މާބްލް ބަރުކޮށްފައި ހުރި ކޮންޓޭނަރެއްގެ ތެރޭގައި ދެ ބިދޭސީއަކު ތާށިވެ އޭގެން އެއް ބިދޭސީއަކު މަރުވެއްޖެއެވެ. ތާށިވި އަނެއް ބިދޭސީ މީހާއަށް މިހާރު ފަރުވާދެމުން އަންނައިރު، ފުލުހުން ބުނެފައިވަނީ ހުުޅުމާ...

12 Jun 2022 | 11:41

މާބްލް ބަރުކޮށްފައި ހުރި ކޮންޓޭނަރެއްގެ ތެރޭގައި ދެ ބިދޭސީއަކު ތާށިވެ އޭގެން އެއް ބިދޭސީއަކު މަރުވެއްޖެއެވެ.

ތާށިވި އަނެއް ބިދޭސީ މީހާއަށް މިހާރު ފަރުވާދެމުން އަންނައިރު، ފުލުހުން ބުނެފައިވަނީ ހުުޅުމާލޭ ފޭސް ދޭގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓޭނަރަކުން މާބްލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ދެ މީހަކު ތާށީވެފައިވާކަމުގެ މައުލޫމާތު 3:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

"މި ހާދިސާގައި އަނިޔާވެފައިވަނީ ދެ ބިދޭސީ ފިރިހެނުންނަށް، އެތަނުން އެކަކު ނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އަނިޔާވި ބިދޭސީ އަނެއް މީހާއަށް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް