ފުވައްމުލަށް އެތެރޭ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ފެން ހިންދާ ނިޒާމް ގާއިމް ކުރަން ފަށައިފި

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ. ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މި މަޝްރޫޢުގެ ދަށުން، 122,65...

12 Jun 2022 | 11:07

ފުވައްމުލަށް އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 72.65 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ. ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން.

މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނޭ. މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް