މިމަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އަށް 30,562 ޓޫރިސްޓުން ޒިޔާރަތް ކުރި

މި މަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އަށް 30,562 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. މި އަދަދަކީ 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި 31,817 ޓޫރިސްޓުންގެ އަދަދާއި އ...

12 Jun 2022 | 06:40

މި މަހުގެ ފުރަތަމަ އަށް ދުވަހު ރާއްޖެ އަށް 30,562 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

މި އަދަދަކީ 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި 31,817 ޓޫރިސްޓުންގެ އަދަދާއި އަޅާބަލާއިރު 3.9 ޕަސެންޓުގެ ދަށްވުމެކެވެ.

ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 14,004  އަޅާ ބަލާނަމަ 118.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުވާލެއްގެ މައްޗައް ރާއްޖެ ޒިޔާރަތް ކުރާ  ޓޫރިސްޓުންގެ ނިސްބަތް 4,603 ގައި އުޅޭއިރު، އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި މަޑުކުރަނީ އަށް ދުވަހުއެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ ޤައުމުތަކަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރާ އިންޑިއާއިން 104,800 ޓޫރިސްޓުން އައިސްފައިވެއެވެ.

އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އިނގިރޭސިވިލާތުން 90،394 މީހުން އައިސްފައިވާއިރު، ރަޝިއާ އިން 70,212 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުން 62,950 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، އިޓަލީން 46،111 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ. އަދިި އެމެރިކާއިން 34،609 ޓޫރިސްޓުން ޒިޔާރަތް ކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް