މޫލީއިން ސެމްސަންގުގެ ގިނަ ފޯނުތަކެއް ހާއްސަ އަގުތަކެއްގައި ވިއްކަން ފަށައިފި އެވެ.
މޫލީ އަކީ އުރީދޫގެ އީ- ކޮމާސް ޕްލެޓްފޯމެވެ.
އުރީދޫ މޯލްޑިވްސް އިން ބުނީ ދުނިޔޭގެ އެންމެ ބޮޑު ފޯނު އުފައްދާ އެއް ކުންފުނި ކަމަށްވާ ސެމްސަންގް ކުންފުނީގެ ފޯނުގެ ގިނަ ވައްތަރުތަކެއް ހާއްސަ އަގުތަކެއްގައި މިހާރު މޫލީއިން ލިބޭނެ ކަމަށެވެ.
މި ހާއްސަ އަގުތަކުގައި މޫލީގެ އިތުރުން އެންމެ ކައިރީގައި ހުންނަ އުރީދޫ ޝޮޕަކަށް ޒިޔާރަތް ކުރުމުން ގަންނަން ލިބޭނެ އެވެ.
އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް މޫލީ ލޯންޗްކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ.
މި ޕްލެޓްފޯމް ފަރުމާކޮށްފައިވަނީ މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތްދޭ އޮންލައިން ޕްލެޓްފޯމެއްގެ ގޮތުގަ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ގޭގައި ތިބެގެން ވިޔަފާރިކޮށްލުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް