ސޯނަމް ބަނޑު ދައްކައިގެން ރިހާނާއަށް ވާން އުޅެނީ ކަމަށްބުނެ ފާޑުކިޔަނީ!

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަ ކުރީ ބަނޑަށް ހަތަރު މަހުގައި މީގެ ތިން ވަރަކަށް މަސް ކުރިން ނެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ފިރިމީހާ އަނަންދު އަހޫޖާ އާއި އެކ...

12 Jun 2022 | 05:58

ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަ ކުރީ ބަނޑަށް ހަތަރު މަހުގައި މީގެ ތިން ވަރަކަށް މަސް ކުރިން ނެވެ.

އޭގެ ފަހުން ދޭތެރެ ދޭތެރެއިން ފިރިމީހާ އަނަންދު އަހޫޖާ އާއި އެކު ނަގާފައިވާ ސޯނަމްގެ ބަނޑު ބޮޑު ފޮޓޯތައް އާންމު ކުރެ އެވެ. އެކަމަކު މިހާރު ސޯނަމް އާންމު ކުރަމުންދާ ފޮޓޯތަކަކީ ބަނޑު ބޮޑުކަން ދައްކަން ނަގާފައި ހުންނަ ހައްދު ފަހަނައަޅާފައިވާ ފޮޓޯތަކެކެވެ.

މިފަހުން ހެނދުނު ދުވަން ނުކުމެ އުޅެމުން ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމް ކުރި އެވެ. އޭގެ ހުރީ ދިގު ކޯޓެއް ލައިގެން އެެތެރެއިން ކުރު ޓިއުބެއް ލައިގެން ކަމަށްވާތީ މިހާރު ވަރަށް ބަނޑު ބޮޑު ސޯނަމްގެ ބަނޑު އެއްކޮށް ފެނެ އެވެ.

އޭގެ ފަހުން އޭނާގެ ކޮއްކޮ ރިއާ ކަޕޫރު އިއްޔެ އިންސްޓަގްރާމް ކުރި ފޮޓޯތަކެއްގައި ފެނުނީ ދެމީހުން އެއްކޮށް އިނގިރޭސިވިލާތުގެ ލަންޑަންގެ މަގުމަތީ މަޖާކޮށް، ބާޒާރުކޮށް ހަދާތަނެވެ. އެ ފޮޓޯތަކުގައިވެސް ސޯނަމް ހެދުން އަޅާފައި ހުރީ ހަމަ ކުރިން ދުވަހު، ދުވަން ދިޔަ އިރު ހެދުން އަޅާފައި ހުރި ގޮތަށް ބަނޑު އެއްކޮށް ފެންނާނެ ގޮތަށެވެ.

https://www.instagram.com/p/CeqFWz7IVUK/

އެހެންވެ ގިނަ ބަޔަކަށް މިކަން މިހާރު ވެފައިވަނީ ސޯނަމް ދެއްކުންތެރިކަމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

އެންމެ ގިނަ މީހުން ބުނަމުންދަނީ ސޯނަމް އުޅެނީ އިނގިރޭސި ލަވަކިޔުންތެރިޔާ ރިހާނާ ކޮޕީ ކުރަން ވެގެން ކަމަށެވެ. ރިހާނާ މިދިޔަ މަހު ވިހޭއިރު އެ ދަރިފުޅަށް ބަލިވެ އިނދެގެން އުޅުނު އިރު އޭނާ ހެދުން އަޅައި، ބޭރަށް ނުކުމެ އުޅެނީ ބަނޑު ފެންނަ ގޮތަށެވެ. އެހެންވެ ގިނަ ބައެއްގެ ސަމާލުކަން ރިހާނާއަށް އެ ދުވަސްވަރު ހުއްޓުނެވެ.

ސޯނަމްއަށް ފާޑުކިޔާ މީހުން ބުނީ މިހާރު ބޮޑު ބަނޑު ފެންނާނެހެން ދައްކައިގެން އުޅުނަސް ވިހެއުމުން ދަރިފުޅު އާންމުންނަށް ދައްކަން ދެކޮޅު ހަދާނެ ކަމަށެވެ. އަދި ޕްރައިވަސީ ބޭނުންވާ ކަމަށް ބުނެ އެ ކުއްޖާ އެކި ގޮތްގޮތުން ފޮރުވަން އުޅޭނެ ކަމަށްވެ އެވެ.

އިތުރަށް ފާޑުކީ މީހުން ބުނީ ބަނޑު ދެއްކުން ފެޝަނަކަށް ހަދަން މަސައްކަތް ކުރިޔަސް ސޯނަމް އެކުރަނީ ވަރަށް ދަށޫ ދަރަޖައިގެ އަދި އިންޑިއާގެ ސަގާފަތާއި ނުގުޅޭ ކަމެއް ކަމަށެވެ. އަދި އެ ފެޝަން އިންޑިއާ މީހުންނަށް ކަމު ނުދާ ކަމަށް ބުނެފައިވެ އެވެ.

ސޯނަމް އާއި އަނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. ކައިވެންޏަށް ފަހު ދެމީހުން ދިރިއުޅެނީ ލަންޑަންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް