އިންޑިއަން ކަލްޗަރަލް ސެންޓަރުން ސަލްޓަން ޕާކްގައި ޔޯގާ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން ސަލްޓަން ޕާކްގައި ޔޯގާ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އައިސީސީން ބުނީ މި ޔޯގާ ސެޝަންގެ ...

12 Jun 2022 | 05:14

އިންޑިއަން ކަލްޗަރަލް ސެންޓަރު (އައިސީސީ) އާއި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެން ސަލްޓަން ޕާކްގައި ޔޯގާ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އައިސީސީން ބުނީ މި ޔޯގާ ސެޝަންގެ މަޤްސަދަކީ އެކިއެކި އުމުރުފުރައިގެ މީހުން ނަފްސާނީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް ބާރު އެޅުން ކަމަށެވެ.

އިއްޔެ ހެނދުނު ކުރިއަށްގެންދިޔަ އެ ޔޯގާ ސެޝަންގައި ޖުމްލަ 70 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި ޔޯގާ ސެޝަނަކީ ދުނިޔޭގެ ޔޯގާ ދުވަހާއި ގުޅިގެން ކުރިއަށް ގެންދިޔަ ކުދި ހަރަކާތްތަކެކެވެ.

މީގެ އިތުރުން ޔޯގާ ދުވަހާ ގުޅިގެން ބާއްވާ ބޮޑު އިވެންޓް  ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީއާއި ގުޅިގެން ޖޫން 21 ވަނަ ދުވަހު ރަސްފަންނު އަދި އާޓިފިޝަލް ބީޗުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް